އަލަނާސިޒަމް ގެ ފެށުން
އަލަނާސީންނަކީ ބުނެވޭ ގޮތުގައި މާކުރީ ޒަމާނެއްގައި ޖަންގަލީގެ ހިސާބެއްގައި ދިރިއުޅެމުން އައި ބައެކެވެ. އެމީހުންގެ ފެށުން އައިކަމަށް ބުނެވެނީ އެމީހުން ދިރިއުޅެމުންއައި ހިސާބަށް އާދަޔާ ޚިލާފަށް ގިނަ އަލަނާސިތަކެއް ލައްގައި، އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކާމެދު ވިސްނާ ފިކުރު ކުރުމުގެ ތެރެއިންނެވެ. އެޒަމާނުގައި އުޅުނު މޭސްތިރިންނަކީ ޑރ. ޕައިތަގޮރސް އާއި އޭނާއަށް ތަބާވެގެން އުޅުނު ދެތިން މީހެކެވެ. އެމީހުން މިއޮއެވަރުގެ ތެރޭގައި ކަލާނގެއެއް ފަރުމާކޮށް މީހުންގެ ވިސްނުން އެދިމާއަށް އަނބުރާލިއެވެ. ބުނެވޭ ގޮތުގައި އެކަލާނގެ ފައިންޕުޅު ވަނީ އަލަނާސި ދަނޑެއްގައެވެ. އަދި ބޯމަތީގައި ވަނީ އުޑެވެ.
މިކަމާ ވިދިގެން ނުރުހުން ފާޅުކުރުމުގެ ވިސްނުންވެސް ގެންގުޅުނު މީހުން ހިމެނެއެވެ. އޭގެ އެންމެ މޭފުއްޕާ އުޅުނު މީހަކީ ޕްރިންސް ނަމަކަށް ކިޔާ މީހެކެވެ. މިކަމުގައި ޝައްކުގެ އޮއިވަރުތަކެއް ފެށިފައި ވަނިކޮށް ސަރ. ކިޑް އަލަނާސި ކަލާނގެ ރަސޫލުކަމަށް ދައުވާކޮށް އޭނައާއެކު އަލަނާސިންގެ ފެށުން އަތުވެއްޖެއެވެ.
އަލަނާސީން ދެކޭގޮތުގައި ކަލާނގެއަށް ކުރެވޭ ޤުރުބާންތަކުން އެމީހުންގެ ފާފަ ފުއްސަވާ ފުރާނަތައް ތާހިރުވެއެވެ. އެގޮތުން 6ސަނު ކިޔާ އަޅަކު އަލަނާސި ކަލާނގެއަށް ޤުރުބާކުރި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ނަމަވެސް ދަ ރައިޑަރ އޭ ކިޔައިގެން އުޅުނު ކަޅު މީހަކު ކަލާނގެއަށް ޤުރުބާން ކުރުމަށް ގެންދަން އުޅުނު ހިނދު އޭނާ ގަދަ ދައްކަން ފެށުމުން އަލަނާސި ކަލާނގެ ނަބީކަމަށް ދައުވާކުރާ އަލީ ވިދާޅުވިއެވެ. "އޭނާ ދޫކޮށްލާ! ނުރުހުންތެރި އަޅުންގެ ޤުރުބާން ކަލާނގެ ޤަބޫލެއް ނުކުރައްވާ. އޭނާއަށް ހަލާކު ހުރި!"
ކޮންމެއަކަސް އަލަނާސިންނަކީ އެމީހުންގެ ވިސްނުމުގައި ފިސާރި ހިތްވަރު ގަދަ ބައެކެވެ. އަދި ފިސާރި އިޚްލާސްތެރި ބައެއްވެސް މެއެވެ. މިކަމުގެ ހެއްކަކަށް ދުވަސްކޮޅެއްކުރިން އަލަނާސިސްތާނުގެ ކަނޑުގައި ޤުރުބާންކުރެވުނު މަސްވެރިޔާވެސް ފުދެއެވެ.

4 comments:
alanaaseenge thaareekh egumakee dheen fethurumah libey ithuru baareh! mikamaa behey gothun thafaathu foiy thah liyan beynun
ey mee dhen maa rangalhu kameh kamah dho mi ulhenee hurihaa alanaasi tha kadu faththaaalan jehidhaane maa balaa bodu vannaaa...
hadhaan kuraathi hurihaa alanaasi tha ves jeheyne komme dhuvahaku dhefaharu dhayykolhu saafu kuran ehen nooneee jehidhaane manthiri eh hadhan...
great work dudes
Alanaaseenaakee emeehun ufedhumugai ves hivvaru gadha baeh. thihen prince adhi biru dhekkias gu ekey ves hithakah naaraane. Ehenee Alanaaseen ufaddhavai fai vanee mashin, Alanaaseenge kalaange alanaasin haddhavan havaalu koffai vanee enme mathiveri ras kalaange aa.
Miadhuge mendhur keumah annehkka alanaasi eh vanee gurbaan kohfaa.. ey varah meeru echche.. alanaasiii ge there in fookolhu fala alanaasi varah meeru..
-dhonbe-
Post a Comment