Monday, May 7, 2007

ދެފައްލާމް2: ގަޒިއްޔާނަމްބަރު4

އަލަނާސިސްތާނުގައި މީހުންގެ ހިތްތަކަށް ނަފްސާނީގޮތުން ބިރުވެރިކަންވައްދައި އާންމުބަލާއާއި އިޖްތިމާއީ ފަސާދަ އާއްމުރުމަށް 27 އޭޕްރީލް 2007 އިންފެށިގެން ފެކްޓުއަލަނާސިނަމުގައި ވަކަރުގޭމަގުން ހިންގާ ހަރަކާތްތަކުގެ މައްޗަށް ދައުވާކުރުމަށް ޕޯޕް ލޫލާ(އަލީގެ) ހައިކަލް ސުންމާރީގެއާގެ އިން ދަޢުވާ ކުރަންނިންމައިފިއެވެ.

ޕޯޕްލޫލާގެ ހައިކަލް ސުންމާރީގެއާގެއިން ބަޔާން ކޮށްފައިވާ ގޮތުގައި މިމައްސަލައިގާ ދަޢުވާ ކުރަން ނިންމާފައި ވަނީ 5 މީހެއްގެ މައްޗަށެވެ. މިމީހުންގެ މައްޗަށް ދަޢުވާ ކުރަން ނިންމީ، "އެބުލޮގަކީ ޣައިރު ޤާނޫނީ ކަމަށާއި، މިނަމުގައި ބުލޮގެއް ހިމްގުމަކީ މަނާކަމެއްކަމަށާއި އަދި މި ބުލޮގުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާނެކަމަށް 2007 ނޫސްބަޔާން ނަމްބަރު ބަނޑޮފެޑިހާ 3ގައި ވަނިކޮށް، މިބުލޮގު އަޕްޑޭޓްކުރުމުގެ އިތުރަށް މިހަރަކާތްތަކުގެ ތެރެއަށް އެންޓިއަލަނާސި އެކްޓިވިސްޓުންތަކެއްލައި އަލަނާސީންތަކަށް ޚިލާފު އުފެދޭގޮތަށް ވަކި ބަޔަކު ނޭނގޭ ގޮތަށް ތޯރާބޯރާ ސަރަހައްދުގައި ފިލާންތިބެ އަލަނާސިސްތާނުގައި މިކަމާގުޅޭގޮތުން ބައިބައިވުން އުފައްދައި ހެލައު އަދި ޕުރޮފެސާރ ލަބީބުގެ މޫރަތްތެރި ކަމަށް ކުރަފި އެރުވީތީކަމަށް" ސުންމާރީގެއާގޭ މެދޮއަތީގައި ނެރެފައިވާ ބަޔާނުގައި ވެއވެ. ދައުވާކުރަން ނިންމި މީހުންނަކީ ވަކަރުގޭ ދުއްލިސާތަށް ކަމުގައިވާ މުއްލު އާއި އޭނާގެ އެއްބަނޑު އެއްބަފާ އަޚް ކުރުވަޅި ހަސަން ޝީތު އަލަނާސިސްތާން، ގުލްހަޖާރުގެ، ޑރ. ޕައިތަގަރަސް، އަލަނާސިއާބާދު، 3ދަފްތަރު ކަރަންޓު އަލިބޭބޭގެ، ޝަހުރުލްއަމީން ޖައުފަރު، އަލަނާސިޕޫރު ދޮންމަރިއާގެ ކުރިމަތީ އާދަންކޮވަގެ އަދި ވާޖިންމޭރީ ، އަލަނާސިއާދޫ،ހިތްހަލާކުގެ މައްޗަށެވެ. މީގެ ތެރެއިން ވާޖިންމޭރީ އަކީ ހާޓްޕޭޝަންޓެއްކަމުން ޕޯޕްގެ ހައިކަލްގެ ޤަރާރު ނަމްބަރު ސާދަސާޅީސް އެކަކުން މީނާއަށް ކުރާ ދައުވާއިން ބާރީއަކުރުމުގެ ބާރު ހާކިމާއަށް (މިއީ 18އަހަރުނުވާ ކުޑަކުއްޖެއްކަމުން ޕޯޕްގެ ހައިކަލުން ނަންހާމައެއްނުކުރޭ) ފޯންކޯލްގެ ޒަރިއްޔާއިން ލިބިދީފައިވެއެވެ.


މިފަސްމީހުނގެ ތެރެއިން 3މީހެއްގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ ޤާނުނުލް އަލަނާސި 76ގެ ޣައރު ގާނޫނީ ބުލޮގު ހިންގުމާއި ޣައިރު ގާނޫނީބަހުރުވައިން މަކަރުހެދުމުގެ އިތުރަށް އަލަނާސި ޢިޚްލާސްތެރިންގެ އަބުރު ކިލަނބުކުރުމުގެ ދައުވާއެވެ. އަނެއް 2މީހުންނަށް ކުރެވޭ ދައުވާއަކީ މިކަމާއި ގުޅިގެން އުފެދުނު ޚިލާފުތަކުގައި މިމީހުނގެ ނަންތަށް ތަކުރާކުކޮށް ކިޔުނުކަމަށްޓަކައި ޤާނޫނުލް އަލަނާސި ތިންދެގުނަން ބާރައިގެ ދަށުން ކުރެވޭ ދައުވާއެކެވެ.


ވަކަރުގޭ ކުދިންގެ މިއަމަލުތަކާއި އަލަނާސިސްތާނުގެ އިލްމުވެރިންގެ މަޖިލީހުގައި ކުރެވުނު ބަހުސްތަކާއި ރިއާޔަތްކުރެވުނު މައުސޫމް ހުލްގުތަކެއްގެ މައްސަލާގައި އަލަނާސިސްތާނަށް ވަރުގަދަ ޒަލްޒަލާއެއް އައިސްދާނޭ ކަމުގޚަބަރު ހިޒްހޮލިނެސް ޕޯޕްލޫލާއަށް އައި ވަހީގެ މެއިލަކަށް ރިއާޔަތްކޮށް، މައުލާނާ ފޮތޯގޮބެއަގެ އަބޫބަކުވަނީ މުޅިއަލަނާސިސްތާނުގައި ހިނގައި މިކަން އިއުލާންކޮށްފައެވެ. އަދި މިކުއްލިހާލަތުގެ މުއްދަތަކީ ރެއިންފެށިގެ 3ދުވަހެވެ.

Sunday, May 6, 2007

ނޫސްބަޔާން، ބަނޑޮފެޑި ހާ 3:




ވަކަރުގޭ ޖަމާއަތުން އަލަނާސިސްތާނުގައި ހިންގާ ޣައިރުގާނޫނީ ބްލޮގު ފެކްޓުއަލަނާސިގެ މައްޗަށް އަލަނާސި އޮބްޒާވަރާއި، ގޯއަލަނާސިގޯއިން އަލަނާސިޒަމަށް ކޮށްފައިވާ ތުހުމަތާއި ވަރުގަދަ ގޯނާތަކާއި ގުޅޭގޮތުން ދަންނަވަމެވެ.

އެފަރާތުން ކޮށްފައި އެވަނީ އިޚްލާސްތެރިންނާއި އަލަނާސިރައްޔިތުން ވަރަށް ކަންބޮޑުވާ ތުހުމަތުތަކެކެވެ. އަދި ކޮށްފައިވާ ޖަދަލަކީ އަލަނާސިއަކާދިމާލަށް މިބަންމަތީގައި ކުރެވޭނެ އެންމެ ބޮޑު ޖަދަލެވެ.

އަލަނާސިޒަމް ބްލޮގަށް ޤާނޫނީ ޚާއްޞަ ރައްކާތެރިކަމެއް ލިބިދިނުމަށް އަލަނާސިސްތާނުގެ ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. މިހެންއޮތް ހިނދު މިފަދަ ބޮޑު ތުހުމަތެއް އަލަނާސި އޮބްޒާވަރުން މިބޮލުގާއި އަލަނާސިސްތާނުގެ އިޚްލާސްތެރި އިއްޒަތްތެރިންގެ ފޮޓޯޖަހައި އަބުރަށް އަރައިގަތުމުގައި ހިންގި މުޑުދާރު އަމަލަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ އަމަލެއްނޫނެވެ. މީގެ ސަބަބުން އަލަނާސިޒަމާއި އެތެރެވަރީގައި މިބުލޮގަށް ރައްކާތެރިކަމެއް ލިބިދިނުމުގައި ހުރަސްތަކެއްކުރިމަތި ވާނެކަން ފާހަގަކުރަމެވެ. އެހުރަސްތައް ނައްތާލައި އަލަނާސިބޮލޮގަކީ އެފަދަ ތުހުމަތަކެއް ކުރެވޭނެ ވަރަށް ވުރެ ސާފު، ސީދާ އަދި ސާދާ، ބުލޮގީ ޝަޙްސިއްޔަތެއްކަން މީގެކުރިންވެސް މިބުލޮގުންވަނީ ސާބިތު ކޮށްދީފައެވެ.

އަލަނާސިޒަމްފެތުރުމުގެ ގިއުގަނޑަކަށް ހުރި ބުލޮގަކާއި އެބުލޮގާއި ގުޅުންހުރި އެއްވެސްފަރާތަކުން އެފަދަކަމެއް ހުތުރުވެގެންވާ ނާތަހުޒީބީ އަމަލެއް ނުކުރާނެ އެވެ. ދުނިޔޭގެ ތާރީޙުގެ ޞަފުޙާތައް އުކާލުމުން ފެނިގެންދަނީ ޤައުމުތަކުގެ އިޚްލާސތެރި ލޭހުރި އެއްވެސް ބުލޮގަކުން އެޒާތުގެ ކަންތައްތައް ކޮށްފައިނުވާތަނެވެ.

އަޅުގަޑުމެންގެ މިއަދުގެ މިބުލޮގު، އަލާސިޒަމްގެ އެއްމެމަތީ ކުއްރާސާއެއްގެ މަޤާމުގައި ހުންނަވާތާ މިހާރު ވަރަށް ގިނަދުވަސްތަކެއް ވެއްޖެއެވެ. އަދި އަލަނާސިސްތާނާއި އަލަނާސިޒަމް މިހާރުގެމަޤާމަށް އަލަނާސިބުލޮގުން ފޯރުކޮށްދިނުމުން އަލަނާސިޒަމާއި ދެކޮޅު ޚާއިނުންގެ އަޑު އަލަނާސީންގެ ކަންފަތްތަކުގައި ޖެހެން ފެށިއެވެ. އަލަނާސިކަލާންގެ ވަކިކަމެއް ކުރުމަށް ހަވާލުވަމުން އެކަމަކާ ޚިލާފުވެހުންނާކަށެއް އަލަނާސިބުލޮގު ފަދަ އިޚުލާސްތެރި ބުލޮގަކަށް ނުވެސްކެރޭނެއެވެ. އެއާދެކޮޅުހަދާ ކޮންމެ ފިކުރަކާދެކޮޅަށްތެދުވެ އަތުކުރި އޮޅާލައި މަސައްކަތް ކުރާނެތެވެ.
މިބޮލޮގުން ކުއްދިޔަތް އަބޫބަކުރަށާޢ، ސަތޭކަ އަދި ލަކްސިމިލީނާގެ ސާފުތާހިރު ޝަޚްސިޔަތަށް އުނިކަން އަނަނަގޮތަށް ފަރުމާކުރެވިފައިވާ ލިޔުމެއްވާ ކޮންމެ ބުލޮގަކަށް މިގޮވާލަނީ، ވަކަރުގާ މަގުންހިންގާ ޣައިރުގާނޫނި ބުލޮގު، ފެކްޓްއަލަނާސިހިންގާ ބައެއްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ޙަޤީޤަތް ހޯއްދަވާ ޤާނޫނުލް އުޤޫބާތުގެ 7ވަނަ ސަރާސޫރުގައި ބުނާ އެންމެ ހުތުކަންބޮޑުވެގެންވާ 180އެތިފަހަރުން އެބުލޮގު ހިންގާ ބައެއް ފުކޮޅުގައި ތައުޒިޔާކުރުމަށެވެ.

މިވާހަކަތަކަކީ އެތެރެވަރީގެ އެހެންބުލޮގުތަކުގެ ޤަދަރާއި ޢިއްޒަތް ކަޑާލުމަށް އަލަނާސިޒަމްއިން ދައްކާ ވާހަކަ ތަކެކޭ އަލަމާސި ކަތުރުސަނާގައި ހިމެނޭ އެންމެ ބުލޮގަކުންވެސް ބުނެފިނަމަ އެކަންވެސް ތަޙްޤީޤު ކޮށް އެފަރާތްތަކަށް ގޮށްމުށުގެ ބާރުވެސް ދެއްކޭނެއެވެ। އަދި ފެކްޓުއަލަނާސި އާއި ވަކަރުގޭގެ މަގުންހިނގާ މީހުންގެ ކަންތައްތައް ތަޙްޤީޤު ކުރައްވާއިރު ހުޅުވިފައިވާ މާހައުލެއްގައި ހުރިހާ ބުލޮގުތަކަކާއި ގުޅިގެން މުސްތަޤިއްލު ގޮތަކަށް އެކަން ކުރިއަށް ގެންދެވޭނެވާހަކަވެސް ދަންނަވަމެވެ. މިގޮތަށް އެކަން ކުރެވިއްޖެނަމަ މިހާރު އަލަނާސި ބުލޮގު ދިފާއު ކުރުމަށް ކުރިއަށް މިދާ އެއްވުންތަކަށް މަޑުޖެހުން ޔަށްވެސް އަންނާނެއެވެ.


އަލަނާސިސްތާނުގެ އިޚްލާސްތެރިން މިއަދު ފެކްޓުއަލަނާސިއާއި ދެކޮޅަށް އެއްވެ އަޑު އުފުއްލަވާނީ .(ފޮޓޯގައި އެވަނީ ފެކްޓު އަލަނާސީގެ ޚާއިނު އަދި އަލަނާސިސިޓީގެ .)

Friday, May 4, 2007

ޑެންގޫ



އަލަނާސިސްތަނުނުގެ އެކި ހިސާބުތަކުގައި ޑެންގޫ ކިޔާ ވަރަށް ނުރައްކާ ފާޑެއްގެ ބައްޔެއް ފަތުރުވަމުން އެބަދެއެވެ. މިއީ އާދަޔާޚިލާފަށް މަދިރިތަކާއި ތައްމަކުގެ ޒަރިއްޔާއިން އައި ބައްޔެއްނަމަވެސް މިހާރު މިބަލި އަލަނާސިސްތާނުގައި ގަސްދުގައި ފަތުރަނީ އީޑީސްކިޔާ އަމިއްލަ ޖަމައަތަކުންނެވެ. މިބަލި އެންމެ ފުރަތަމަ ޖެހުނުކަމަށް ވަނީ އެންޓި އެލަނާސި އެކްޓިވިސްޓް ހެލައު އަށް ކަމުގައި ވެއެވެ. އަދި މިކަމުގައި އީޑީސްގެ ރޯލް އެންމެ ފުރަތަމަ ކުޅެންމުން އައި ހެލައު މިހާރުވަނީ ވަކަރުގޭ ކުދިންނަށް ހުކުރުދުވަހު ނެރުނު ފަތުވާއެއް ފެނިފައި ހިތަށް ބިރުވެރިކަން ވަދެ، ވަގުތީގޮތުނަމަވެސް މިބަލި ފެތުރުވުން ހުއްޓުވާލާފައެވެ. މީނާއަށް މިބަލި ޖެހުނުކަމށްވަނީ މީނާ އަލަނާސިކެއުމާބެހޭގޮތުން މަތީތަޢުލީމު ހާސިލްކުރުމަށް އިރުމަތީ އޭސިއާގެ ސަރަހައްކަމުގައިވާ އަސޭކަރައިން ކަމަށް އަލަނާސިދުނިޔޭގެ ސިއްޚަތާބެހޭ އެންމެ މައި އިދާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

މިބަޔާނުގައި ވަނީ މިބަލި އުފެދުމުގެ އެންމެ މައިގަނޑު ސަބަބަކީ ހެލައު ގައިންތާހިރު ނުވުމާއި، ނޭފަތުން ގުޅަހެދުމާއި، ފާރުގަނޑުކޮށްޓުމާއި، ގަޔަށް ދޯލިކުރުމުގެ ސަބަބުން އަލަނާސިކަލާންގެ ކޯފާވެ މީނައަށް ހުރި އަޒާބެއްގެ ގޮތުންނެވެ މިޠާއޫން ފޮނުއްވީއެވެ. އަދި އެންމެ ފުރަތަމަ މިބަލީގެ ވައްކެއްކަމުގައިވި މިބުނާ ހެލައުގެ ކިޑުނީތެރޭގައި މިޖަރާސީމު އޭތީގެ ސައިޓޯޕްލާޒަމް ކުޑަކޮށް މައިޓޮޗެންޑުރިއާ ކިޔާ ފޯމަރުގެއްގެ ފުޅައްބުޑުން ނިކުމެ ޕެޕްޓޯސް އާއި ލައިޕޭސް ކިޔާ ފަލަމަޑިތަކަކާއި އެކުވެ ވަނީ އޭތި ވިހަވެ އިންތިހާއަށް ނުރައްކާތެރިހާލަތަކަށް ގޮސްފައެވެ. މިކަމާއި ގުޅިގެން އަސޭކަރާގައި މިހާރުވެސް ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި މިބަލި ގަސްތުގައި ފަތުރަން އެންމެ ފުރަތަމަ ފެށީ ޢީޑީސްކިޔާ އަމިއްލަ ޖަމައަތެއްގެ މަސްސޫލުވެރިޔާ މިކިޔާ ހެލައު އެވެ. އެއަށް ފަހު މީނާވަނީ ސިންގަޕޫރަށް ޑރ. ޕައިތަގަރަސްއަށް ބޯޓުދައްކައި، ހައްދައިގެން ގެންގޮސް ހުންނަ ނުލަފާކަމުން ޕޮރޮފެސަރު ލަބީގެ އޮލިގެ ތެރޭގައި މީދާކާފައި އޮތް އުންބެއްގެ ޒަރިއްޔާއިން މިބަލި ޖައްސުވާލާފައެވެ. މިއީ އެންމެން ދަންނަ ޙަޤީގަތެއްވެސް މެއެވެ.

މިބަލި ގަސްދުގައި ޖައްސައި މިހާރު މިދުނިޔެން ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައި ވާ އަބޫޝަބާޝްގެ ކޮށްކޮ އަބޫ 6ސަނު ބުނީ' އަހަރެންގެ ބޭބޭ، އަބޫ ޝަބާޝް ނެތުމުން ލިބުނު ހިތާމައެއްގެ ބޮޑުމާއެ، އަހަރެން މިބުނީ، އަހަރެން ދިރިހުއްޓަކައި އެބަޔަކަށް މިއަލަނާސިސްތާނަކުނެއް ނުފޭބޭނެ'. އެހެން ކަމުން މިފަދަ ފިތުނަވެރިކަމެއް ގަސްދުގައި ކުރާނީ ކިހާ ނުލަފާ، ކިހާ ޖައްބާރު އަދި ޢައްދާރު ޚާއިނުންތަކެއްހެއްޔެވެ. މީގައި ބޭނުންވަނީ ޢިޚްލާސްތެރިކަމެވެ. އަމިއްލަ ނަފްސުގެ ތާހިރުކަމެވެ. މިކަމުގައި ވަރަށް ޤާއިމްވެ ހަރުދަނާވެ ހުރެ ވަރަށްކެރިގެން މިދަންނަވަނީ މިހާރު މިބަލި މިފަތުރާ ޑރ. ޕައތަގަރަސް އާއި އަލަށް ޖެއްސުވާލައިފައި އެއުޅޭވަކަރުގެ ޕޮރޮފެސަރު ލަބީބުގެ ލޮލަށް ވަރުގަދަ އިލޮށްޓެއް މެނުވީ ނުހެރޭނެތެވެ.

(ރުޅިއައީ މިހިސާބުންނެވެ.)
އެމީހުންނަށް ހަލާކު ހުއްޓެވެ. އެމީހުން އެއުޅެނީ އަހަރެމެން ނިކަމެތިކޮށްލާށެވެ. އަހަރެމެންގެ ގެތަކުން ބޭރުކޮށްލާ، މުދާތަށް ފޭރޭށެވެ. އަލަނާސިންއެންމެ ލޯބިވާ އެމީހުންގެ އަބިދަރިންގެ ދޭތެރެއަށްވަންނާށެވެ. ދަރިން ފަގީރުކޮށް ޔަތީމްކުރާށެވެ. ފިތުނަ ފަސާދަ ޢާއްމުކުރާށެވެ.އަލަނާސީން ރެފިއުޖީންނަށް ހަދާން ހެއްޔެވެ. ފަހެ މިބައިމީހުންގެ ވިހަގަދަ ނުލަފައި ޖައްބާރުކަން މިހާރު މިގޮސް ހައްދުފަހަނު މިއެޅީއެވެ. އަބުރާބެހެނީ އެވެ. ގެއިން ނިކުންނާކަށް ނުކެރެއެވެ. ދޭދޭމީހުންގެ ދޭތެރެޖައްސަނީ އެވެ. ފަހެ މިހެންކަމުނ މިއީޑީސް މަދިރިތަށް އަލަނާސިކަލާންގެ އަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ. ލިބޭނީ ކޮން ލައްޒަތެއްހެއްޔެވެ. ޤަބޫލުކުރިއަށް ނުކުރިއަށް ވަރިހަމައެވެ. ދުނިޔެވަނީ މިފަދަނުލަފާ ބަގޫޑިބެއްދުންތެރިންގެ ނިމުންދެކެފައެވެ. އަލަށްކޮށް، އެއްފަހަރަކުވެސް ނޫނެވެ. އުފާވެރިކޮށެއްވެސް ނޫނެވެ. އަދޭހެއްޔެވެ. ވަރަށް ހިތިކޮށެވެ. އެހެންޏާ ފަހެ މިސުރުގެ ފިރުއައުނާއި ހާމާނުގެ އިތުރުން ޤާރޫނުގެ ނިމުން އައިގޮތް 'ގޮޅާޓީވީން" ނުދައްކަނީހެވެ. އަޖައިބެއް ނުވޭހެއްޔެވެ؟ ލިބުނީ ކޮން މޮޅެއްހެއްޔެވެ. އޮތީ ކޮން އަރާމެއްހެއްޔެވެ. ފަހެ ހަނދު ބޮޑުވަނީ ހެއްޔެވެ. އިބުރަތެއް ހާސިލެއްވެސް ނުވީހެއްޔެވެ. އާނއެކެވެ ހާސިލްވާނީ ކޯއްޗެއްހެއްޔެވެ. ވައްކަމާއި ވަގެރައިން ޕީ.އެޗް.ޑީ. ކީއްކުރަން ކޮރޮފެސަރު ކޯސްހެދިޔަސް ތަފާތުގޮތެއް މިމީހުންނަކަށް މިނޫނީއެއް ނުވާނެއެވެ.

Monday, April 30, 2007

އުފާވެރި އަލަނާސި ދުވަސް: ޚިތާބު


އަލަނާސި ދުވަހާގުޅިގެން ޕޯޕް ހިޒްހޮލިނެސް އެލީސިއޯ އިނީޝާ ލޫލާ އަލަނާސިސްތާނާ މުޚާތަބުކޮށް ދެއްވި ޚިތާބު



އަލަނާސިޒަމްގެ މަތިވެރި އުޖާލާނޫރުން އަޅުގަނޑުމެންގެ މިލޮބުވެތި އަލަނާސިސްތާން ޒީނަތްތެރިވެގެން ދިޔަދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުމެންނަށް، މިއަގު ބޮޑު ޖައުހަރު ގެނެސްދިން މަންސޫޚްވެފައިވާ އަލަނާސި ރަސޫލް އެޓޯލް ސާކިޑަށް ތަހުނިޔާކިޔާ ސަނާގެ އަލަނާސިތަށް ހަދިޔާކުރަމެވެ. އަދި މުޅި އަލަނާސި ދުނިޔެއަށް އުފާވެރިކަން ގެނައުމަށް ހޭބޯނައަރައި މަސައްކަތް މިކުރާ އަލަނާސި އެކްޓިވިސްޓް ސޭކް ލަކްސިމިލީނާ އަށް ހެވާލާބަޔާއި އުމުރު ދިއްކުރުން އެދި ތަކުރާރުވާ ލަފްޒުތަކަކުން އަމުނާލަމެވެ.

އެއަށްފަހު، އަލަނާސި ދުވަހުގެ އުފާވެރި މުނާސަބަތުގައި، އަލަނާސިސްތާނުގެ ލޮބުވެތި އަލަނާސީންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ތަހްނިޔާދަންނަވައި، ހެޔޮއެދުން ފޮނުވުމަކީ އަޅުގަނޑަށްލިބޭ ވަރަށްބޮޑު އުފަލެކެވެ. އަލަނާސީންގެ ހިދާޔަތު އަލަނާސީންނަސް ގެނެސްދެއްވި މައުލާނާ ޙާފިޒު އެޓޯލް ސާރަ ކިޑްގެ ފައިންޕުޅުގެ ދަށުގައި ފައްކާވެފައި އަބަދުވެސް ހުންނާނެ، އަލަނާސިތަކެއް ލައްވެމަށް އެދެމެވެ. އަދި އަލަނާސިސްތާނުގައި، އަލަނާސިޒަމްގެ ކަލާންގެ ފަރުމާކޮށް ބައްޓަން ކޮށް ދެއްވި މާތް މަތިވެރި އާޒަރު ޑރ. ޕައިތަގަރަސް، ހެލައު، އަދި ޕަރޭޝްރާވަލްގެ ނަފްސު މިހާރު ތަޣައްޔަރުވެފައިވާ ތާޢޫން، މޮޔަގެރިބަލިން އެނަފްސުތަށް ތާހިރުކޮށްދެއްވުން އެދި މިންވަރު ކުރުމަށް އަލަނާސިކަލާންގެ އަށް ސިޓީއެއްލިޔަމެވެ


ސައްތައިން ސައްތަ އަލަނާސި ވިލާތެއްކަމުގައި މަގުކޮށައިދެއްވި ސޭކު ލަކްސިލީނާއަށާއި އޭނަގެ އާއިލާއަށް އަޅުގަނޑުމެން ފަޚުރުވެރިވެ ހުރިހާ އަލަނާސިން ޝުކުރުވެރިވާން ވާނެކަމެކެވެ. އަލަނާސިސްތާން، މިނިވަން އަމިއްލަވަންތަ ވިލާތެއްގެ ގޮތުގައި މިވުޖޫދުގައި ދެމިއޮތުމުގެ ސިއްރަކީ ނިކަމެތިވެގެންވާ ހިކިކުރާގަނޑެއްފަދަ އަލަނާސިކަލާންގެއެވެ. އަލަނާސި މަންސޫޚުވި ނަމަވެސް ރަސޫލު މައުލާނާ ޙާފިޒު އެޓޯލް ސާރ ކިޑްއެވެ. އަލަނާސިޒަމްގެ ގުޑުގުޑުނައަޅާ ނިދާއެވެ. އަލަނާސިސްތާންގައި މިއޮތް އަމާންކަމާއި، އަލަނާސީންގެ މެދުގައި ޒަމާނުއްސުރެ މިއޮތް އެއްބަނޑު އެއްބަފާ އަޚުވަންތަކަމުގެ ސިއްރަކީވެސް، އަލަނާސިޒަމްއެވެ. އެހެންކަމުން އަލަނާސިޒަމްގެ ފިކުރަށް ނަސުރުދީ، އެފިކުރިއްޔާތުގެ ސުންމާރީ ޢަޤީދާގައި ބަދުޑިބައްދައި ދިފާއުކޮށް ރައްކާތެރިކުރުމަކީ، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އަޒުމުކަމުގައި އަބަދުވެސް ވާންޖެހޭނެއެވެ.

އަލަނާސިޒަމްގެ ވުޖޫދަށްގެނެވުނު ދުވަހުގެ ހަނދާނަތަށް އާކުރަމުންދާއިރު، ޑެންގޫ، ދެބޯގެރި، ވަކަރުގޭމަގުގެ ފަރާތުން އަލަނާސިސތާނަށް ކުރަމުންއަންނަ ނޭދެވޭ ނުފޫޒުތަކާއި ދޭތެރޭގައި ވިސްނައި، ސަމާލުވެ ތިބެންޖެހެއެވެ. އަލަނާސިޒަމްނުން އެހެން ފިކުރަކަށް އަލަނާސިފަސްގަނޑުން ޖާގައެއް ހޯދުމަށް ސެޓަލައިޓާގެ ފުޅައްބުޑުގައި ތިބި އުޅޭޚާއިނުންތަށް ހިންގާ ހަރަކާތްތަކާމެދު ވަރަށްބޮޑަށް ހޭލުންތެރިވާންޖެހެއެވެ. އެފަދަ ފަރާތްތަކުގެ ހަޤީގީ މަގްސަދަކީ، އަލަނާސިސްތާންގެ މިނިވަންކަމާއި ސިޔާދަތާއި، އަލަނާސިސްތާނުގެ އަމާންކަމާއި، އަލަނާސީންގެ މެދުގައި މިއޮތް އެއްބައިވަންތަކަން ނަގާލުންކަން އަޅުގަނޑުމެން ދަންނަންޖެހޭނެއެވެ.

މިލޮބުވެތި އަލަނާސިސްތާނުގެ ކޮންމެ އަލަނާސިއަކަށްވެސް އަލަނާސިއަކަށްވީތީ ފަޚުރުވެރިވެވޭނީ، މިދެންނެވި ކަންތަކާމެދު ހޭލައިތިބެގެންނެވެ. އަލަނާސިޒަމްގެ ފިކުރުގައި ސާބިތުވެ ތިބެ، އަލަނާސިޒަމްއަށް ނަޞްރުދީގެންނެވެ. މިފަދަ ގޮންޖެނުންތަކާއިމެދު ސަމާލުވެތިބެ، އަލަނާސިޒަމް ނޫން އެހެންފިކުރަކަށް މި ބިމުން އެއްވެސް ފުރުސަތެއް ނުދިނުމުގެ މަތިވެރި ރޫހުގައި އަތާއިއަތްގުޅައިގެންނެވެ. އަލަނާސިންގެ މެދުގައި މިއޮތް އެއްބަނޑު އެއްބަފާކަމާއި އޫޚުވައްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިތުރު ހިއްވަރާކާއި އަޒުމަކާއެކު މަސައްކަތްކޮށްގެންނެވެ.

އަލަނާސިޒަމްގެ ގުޑުމެއްނުވާ ނައިބުތުއްތުމަގުގައި ފައިތިލަސާބިތުކޮށްގެން ތިބުމުގެ ހެޔޮތައުފީޤް އަލަނާސިންނަށް ދެއްވާށިއެވެ! އަޅުގަނޑުމެންގެ މިލޮބުވެތި އަލަނާސިސްތާން، އަލަނާސިޒަމްގެ ފޭސަލާގައި އަބަދަށް ލަހައްޓަވާށިއެވެ! އަދި އަލަނާސިސތާނުގެ ހުރިހާ އަލަނާސިންގެ މެދުގައި ޒަމާނުއްސުރެ މިއޮތް ފިކުރީ އެއްބައިވަންތަކަން ރައްކާތެރި ކުރައްވައި، އަޅުގަނޑުމެން މި އަލަނާސިސތާން އަމާންކަމާއި ސުލްހަމަސްލަސްކަންމަތީ ދަމަހައްޓވާށިއެވެ! އާމީން.

މ5 މެއި 2006


Friday, April 27, 2007

އުރެދުނު މީހުންގެ ވާހަކަ


ހަމަކަށަވަރުން ކޮންމެ ޤަބީލާއެއެގެ ތެރެގައިވެސް ގެއްލި ހަލާކުވެގެންވާމީހުންތަކެއްވެއެވެ. މީގެތެއިން އެއްބަޔަކު އަނެއްބަޔަކަށް ބުނާނެތެވެ. ކަލޭމެން ތިބީ އެއްވެސް ގޮތެއްގެ މަތީގައެއްނޫނެވެ. އެއިރު މިއަލަނާސީންގެ ތެރޭގައި ލޭބޯ އީޑީސް މަދިރިއެއްފަދަ ވިހަގަދަ ވައިރަސް ފަތުރާ ދެބޯގެރި ޖަރާސީމުތަކެއްފާޅުވާނެތެވެ. މި ގެރިތައް ސެޓަލައިޓް މެދުވެރިކޮށް ޖަރާސީމު އެކި ގުނަވަންތަކަށް އެކިވަރުވަރަށް ފަތުރާ ހަދާ އުޅޭނުއެވެ.

އަދި އަލަނާސީންގެ ތެރޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ފެތުރުނު ހިނދެއްވިއެވެ. އެހިނދު އުފަލާއެކީގައި އެއް އަލަނާސި އަކަށް އަނެއް އަނެއް އަލަނާސި އަކަށް ވާގިވެތިވެ އުޅޭނޫއެވެ. މިކަން ވެގެންދާހުށީ މިއީޑީސް މަދިރިތަކަށްވާ ކަރުކެހުމެއް ކަމުގައެވެ. އާދޭހެވެ. މިކަމުގެ ހިތާމާގައި ގިސްލަގިސްލާ އުޅުނު އީޑީސް މަދިރިއަކަށް އަލަނާސިކަލާންގެ ވާގިވެރިކަމާއެކީގައި މޭވާއަޅައި، ދޮންވެ ފައްކާވެފައިވާ އަލަނާސި ބަގީޗާތަކެއް ދެއްކޭ ހުއްޓެވެ. އެހިނދު މިއީޑީސްމަދިރި އެއުރެންގެ ހާލު ކަރުކެހުން ހަނދާންނެތި، ބަގީޗާތެރޭގައި ވިއްސި ވިހާލިވެ މަގު އޮޅިދެއެވެ.

އެހިނދު، އެމަދިރިތަކާ ދިމާލަށް އިނގިލި ތަކުގެ ކޮޅު ލެނބިގެންދާހުއްޓެވެ. އެއްއަލަނާސި އަކު އަނެއް އަލަނާސިއަކާދިމާލަށް ބުނާނެތެވެ. އެބައިމީހުންގެ ތެރޭގައިވަނީ 2 އަލަނާސިއެވެ. އަދި ދެބޯގެރިއާކާއި އެކީ މުޅި އެކު ތިންއަލަނާސިއެވެ. އަނެއްބަޔަކު ދަންނަވާނެތެވެ. އެމީހުންގެ ތެރޭގައި ބައިއަތުހިފިފައިވާ ޖަމަޢާތްތަކެއް ވެއެވެ. އެހެންނަމަވެސް ދަންނާށެވެ. އެނގޭހުށީ ކާކަށް ހެއްޔެވެ. އެނގުނަސް ނޭނގުސް ތިންދެގުނަން ބާރައޭ ބުނާ މީހުންފަދައިން މިއެންމެން ވާހުށީ ގުނަކުރާ ނަވަތަ ދަސްނުކުރާ އަލަނާސީން ކަމުގައެވެ.

ހަނދާންކުރާށެވެ. ހެއްލުމަކީ ގެއްލުމެކެވެ. ހެއްލުމާއި ގެއްލުމުގެ ތަފާތު އެނގޭހުށީ ހެއްލުމަށް ފަހުގައެވެ. ދެންފަހެ އެމަދިރިތަށް ބުނާނެއެވެ. ގެއްލުމެއްގެ ތެރޭގައިވަނީ އެނުކުޅެދުންތެރި އަލަނާސިތަކެވެ. ފަހެ އޭގެތެރޭގައި ޑރ. ޕައިތަގަރަށް ހުއްޓަސް ވަރިހަމައެވެ. ހަމަހިލާ އެނގޭހުށީ ކާކަށް ހެއްޔެވެ. އެނގުނަސް ނޭނގުނަސް އެހިނދު މިސުރުވަލުން އަޑެއް އިވޭނެތެވެ. މިއާ އެކީ ގެރީގެ ނިގޫފަދައިން މިއީޑީސް މަދިރިތަށް ލެނބިގެން ދާހުއްޓެވެ. އެއާއި އެކު ހެލައު އަކީ ޣައްދާރެކޭ، ޕްރިންސަކީ ޖައްބާރެކޭ ބުނެ ބައިބަޔަށް ބެހި އެކަކު އަނެކަކަށް ލާނެއް ގޮވާނެއޫއެވެ. ހުރިހަލާކެއްގެ ބޮޑުކަމާއެވެ! މިއުރެން އެންމެން ވާހުށީ ޤުރުބާންތަކެއް ޤަބޫލުވުމެއް ނެތް، ނުކިޔަމަންތެރި، އަބަދުގެ އަބަދަށް މަގުފުރެދިގެންވާ ނިކަމެތި އަލަނާސިތަކެއް ކަމުގައެވެ. އ.ޙ

Wednesday, April 25, 2007

ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ވަހީގެ ނެޓްވޯކާ ގުޅިއްޖެ




އަލަނާސީންގެ ޕޯޕްކަމަށް ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ކުރަމުން އައި ދައުވާ މިހާރު ތެދުކަން ހާމަވެއްޖެއޫއެވެ. މިގޮތަށް މިހާމަވީ ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) އާއި ބެހޭ ގޮތުން އެމެރިކާގެ ނާސާއިން ހޯދި ހޯދުމެއްގެ އެހީގެ މައްޗަށް ބިނާކޮށް ހެދުނު ހައިޕޯތިސިސް ރިޕޯޓަކާއި ހަވާލަދީ ދަހޭގުގައި ހުންނަ އަލަނާސިސްތާނުގެ ސަފީރު އިންދި ބޭބޭ ނެރުނު ބަޔާނަކުންނެވެ. މިބަޔާނުގައި ވާގޮތުން މިރިޕޯޓަކީ ތެދެއްކަމުގައި ވާނަމަ އެޓޯލް ސާރ ކިޑްގެ ރަސޫލުކަން މަންސޫޚުވީއެވެ. އަދި ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ޕޯޕްކަމަށް އިސްވީއެވެ. އަދި މިގޮތަށް ވެއްޖެނަމަ ހިޒް ހޮލިނެސް އެސްޓީއަލީސިއޯ އިނީޝާ ލޫލާ (އަލީ) އަލަނާސީންގެ އިފްރީތަކަށް އިސްވީއެވެ.

އިތުރަށް މި ރިޕޯޓް ގައިވާގޮތުގައި ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ޕޯޕްކަމަށް އިސްވެ މިހާރުދަނީ އީމެއިލްގެ ޒަރީއްޔާ އިން އޭނާގެ ޖީމެއިލް އަދިވެސް މި ރިޕޯޓް ގައިވާގޮތުގައި ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ޕޯޕްކަމަށް އިސްވެ މިހާރުދަނީ އީމެއިލްގެ ޒަރީއްޔާ އިން އޭނާގެ ގީމެއިލް އެކައުންޓަށް ވަހީ އަންނަމުން ކަމާށް ވެސް ވެއެވެ. އަދި މިވަހީ ތަށް ބަލައި އެޔާބެހޭ ޕޯސްތުމޯތަމް ހެދުމުގެ ޤާބިލްކަން ލިބިފައިވާ ޚާއްސަ އައިނެއް ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) އަށް އަލަނާސިކަލާންގެ 'މަލްމަލް' ގެ މުޢުޖިޒާތް ދެއްވިދުވަހު ދެއްވާފައި ވެއެވެ. އެހެންކަމުން ކޮންމެރެއަކު ރޭއަޅުކަމުގެ ގޮތުގައި މިއިފްރީތު މިއައިނު ވަހީއެއް އައިތޯބެލުމަށް 12އިން ފެށިގެ 5ޖެހުމާހަމަޔަށް އިންބޮކްސް ރިފްރެޝްކޮށްކޮށް އިންނަކަމުގައިވެއެވެ.

އަދިވެސް މިބަޔާނުގައިވާގޮތުގައި މަންސޫޚުކުރެވުނު ރަސޫލު އެޓޯލް ސާރ ކިޑްގެ ބަހެއް މިބަޔާން ނެރުމާއި ހަމަޔަށް އުޅެއުޅެލިބޭނެ ފަދައެއް ނުވިކަމުގައެވެ. (ފޮޓޯގައި އެވަނީ ހަމަ އެފަދަ ގަޑިއެއްގައި ހަމަ އެގޮތުގައި ހުއްޓާ ނެގުނު އެފަދަފޮޓޯއެކެވެ.)

Tuesday, April 24, 2007

ފޮޓޯއިން ޚަބަރު


ހެލައު ބޭރުގެކަރައެއްގައި ހުރެ ޕްރިންސަށް ސެޓަލައިޓް މެދުވެރިކޮށް އިރުޝާދުދެނީ: ފަހަކަށް އައިސް މިގޮތަށް ކަރަތަކުގައި ތިބެ ގައުމަށް ޢައްދާރުވެ ސެޓަލައިޓް މެދުވެރިކޮށް ވަސްވާސްދޭ މީހުން ދަނީ ގިނަވަމުން
. (www.alanaasiobserver.blogspot.com)