Monday, April 23, 2007

ދެބޯގެރިން ފަޅާއަރައިފި : އިންޓަރ ޕޯލް






އަލަނާސި ވިލާތުގައި ހަމަނުޖެހުން އުފައްދައި އަލަނާސިސްތާން ބައިބައިކޮށް ގަޑުބަޑުކުރަން އުޅުނު ދެ ޖައްލާދުން ފަޅާއަރައިފިއެވެ. އިންޓަރ ޕޯލްއިން ހެއްކާއެކު ނެރުނު އިންޓެލިޖެންސް ރިޕޯރޓުގައިވަނީ މިކަމުގެ ހެއްކެއްގެގޮތުން ވޭރިފައިޑް ފޮޓޯއެއްވެސް އާއްމުކޮށްފައެވެ. އެއީ ޗެޓްލޮގެއް އުތުރުކަރާގައި ޕޯސްޓުމޯޓަމް ހައްދައިގެން ކަމަށް އިންޓަރ ޕޯލްއާ ޙަވާލާދީ ތުންތުންމަތިން ޚަބަރުލިބެއެވެ.



އިންޓަރ ޕޯލް އިން ދެންމެދެންމެ ނެރުނުބަޔާނެއްގައި މިކަން ކުރަން އުޅުނީ އަލަނާސި ވިލާތުގެ ވަރަށް ހައިބަތުހުރި ވައަތުފިޔާގެ ދެ އަލަނާސިންކަމުގައިވާ ދަރައިޑަރ ގޮޅާބޯއޭގޮވި ޕްރިންސް އާއި އަލަނާސި ކޮށްތެވުމާއި މެއްޓެވުމުގެ ރޮންގުން މަތީތައުލީމު ހޯދުމަށް ބޭރުގެ ކަރައަކަށް ފޮނުވުނު ހެލައު އެވެ. އެހެންކަމުން މިއަމަލު އަލަނާސިޒަމްގެ ޚަޔާތުގެ ބައިވެޔާގެ ޚައިސިއްޔަތުން އަލަނާސިބޮލޮގުން އެންމެ ތޫލިއަޑު، އާދެ ގުރާގެ އަޑުން ކުއްވެރިކުރަމެވެ. އަދި މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް އެފަރާތްތަކަށް އަދާލަތުގެ ކުރިމަތްޗަށެސް ގެނެވޭނެކަމަށް އަލަނާސިވިލާތުގެ ރަސްމީ ޚަބަރު ފަތުރާ ފަރާތްތަކާއި ޙަވާލަދީ މިބޮލޮގުން ހާމަކުރަމެވެ.

އަލަނާސިސްތާނަށް ކުރިމަތިވާން އުޅުނު މިބޮޑު ހައިޖާނުން މި ސަލާމަތްވިކަމަށް މީހުން ދެކެނީ އެންމެ ފަހުން ޤުރުބާންކުރުވުނު މަސްވެރިޔާގެ ޤުރުބާން އަލަނާސިކަލާންގެ ޤަބޫލުކުރެއްވީތީކަމުގައިވެސް ވެއެވެ. އަދި ދަރައިޑާރގެ ކަށްފާރާވެސް ޤަބޫލްކުރެވި ފާފަފުއްސެވުނު ކަމުގެ ހެއކެއްގެ ގޮތުން ވަތަނީގޮތުން ކުރިމަތިވާން އުޅުނު ދެބޮގެރިންގެ ޙަސަދައިން ސަލާމަތްވީއެވެ. އެހެންނަމަވެސް އަދިވެސް މިމީހުންގެ އިދިކޮޅު ހަރަކާތްހުއްޓުނީކަމުގައި ނުބެލެވޭތީވެ ބައެއް އަލަނާސީންދަނީ ގިސްލާ ރޮމުންނެވެ
.

7 އުދާސް:

helau said...

Meega vara bodu olhume eba oiy. Kamuge hageegaiy mivanee emmenna olhifa.. Mivaguthu Hurihaa Alanaasin ves keiytheri ve hama hineynun thibumah govaalan.. Kamuge hageegaiy falhaa arandhen..

luximilina said...

meegai helau bolah alhaigen vaakanneth. helau akee ikhlaasheri harudhanaa shakhsiyyatheh. ekamaku ves mi vaguthu beynunvanee ketherikamaai hamahimeynkan.

thakaanu said...

dhannae...helau mihaaru ulhenee aneh karusathunaama hingaasheve.kamugai heqeegah olhifai vaakamah meenaa bunnas mee hama thedheve,alanaasinge mi anaiyaaveri kaleyge ah aharen alanaasinge faraathun gon jahan.an hifaa miothee

mř¸ßĽØĜĞΞĐ said...

alnaaasi thah gina ginain gurubaan kurumah govaalan........!!
mi poll report aky sakkha ehcheh kamakasheh nu belevey

prince said...

mee dhogu habareh....ava thi 4 kan jehee bajiyaakun mi khabaro dhogu kurravvan

Anonymous said...

Alanaasin nakeee emyhunge zaathuga dhogu khabaru fathuraa fithna fazaad ufahdhan ulhey baehkan eyy hama kashavaru kamekeve. Golhaa alanaasi isthiufaa. Alhugandah alhuganduge t.shoot ge kula engey fadhain bunan helau thikahala kameh nukuraane.. Mee hama alanaasinge kurehumeh.
-Garumaleelu-

Dr. Phythagoras said...

Balaanu dhen kon alanaasism eh fathuran ulhenee th?
mi thaa mi thiba solhi dhivehin halaaku kuraanamey hithaa tha thiulhenee?
kaley men dhey balal konmeves ehen kameh kuran