ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ވަހީގެ ނެޓްވޯކާ ގުޅިއްޖެ

އަލަނާސީންގެ ޕޯޕްކަމަށް ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ކުރަމުން އައި ދައުވާ މިހާރު ތެދުކަން ހާމަވެއްޖެއޫއެވެ. މިގޮތަށް މިހާމަވީ ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) އާއި ބެހޭ ގޮތުން އެމެރިކާގެ ނާސާއިން ހޯދި ހޯދުމެއްގެ އެހީގެ މައްޗަށް ބިނާކޮށް ހެދުނު ހައިޕޯތިސިސް ރިޕޯޓަކާއި ހަވާލަދީ ދަހޭގުގައި ހުންނަ އަލަނާސިސްތާނުގެ ސަފީރު އިންދި ބޭބޭ ނެރުނު ބަޔާނަކުންނެވެ. މިބަޔާނުގައި ވާގޮތުން މިރިޕޯޓަކީ ތެދެއްކަމުގައި ވާނަމަ އެޓޯލް ސާރ ކިޑްގެ ރަސޫލުކަން މަންސޫޚުވީއެވެ. އަދި ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ޕޯޕްކަމަށް އިސްވީއެވެ. އަދި މިގޮތަށް ވެއްޖެނަމަ ހިޒް ހޮލިނެސް އެސްޓީއަލީސިއޯ އިނީޝާ ލޫލާ (އަލީ) އަލަނާސީންގެ އިފްރީތަކަށް އިސްވީއެވެ.
އިތުރަށް މި ރިޕޯޓް ގައިވާގޮތުގައި ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ޕޯޕްކަމަށް އިސްވެ މިހާރުދަނީ އީމެއިލްގެ ޒަރީއްޔާ އިން އޭނާގެ ޖީމެއިލް އަދިވެސް މި ރިޕޯޓް ގައިވާގޮތުގައި ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ޕޯޕްކަމަށް އިސްވެ މިހާރުދަނީ އީމެއިލްގެ ޒަރީއްޔާ އިން އޭނާގެ ގީމެއިލް އެކައުންޓަށް ވަހީ އަންނަމުން ކަމާށް ވެސް ވެއެވެ. އަދި މިވަހީ ތަށް ބަލައި އެޔާބެހޭ ޕޯސްތުމޯތަމް ހެދުމުގެ ޤާބިލްކަން ލިބިފައިވާ ޚާއްސަ އައިނެއް ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) އަށް އަލަނާސިކަލާންގެ 'މަލްމަލް' ގެ މުޢުޖިޒާތް ދެއްވިދުވަހު ދެއްވާފައި ވެއެވެ. އެހެންކަމުން ކޮންމެރެއަކު ރޭއަޅުކަމުގެ ގޮތުގައި މިއިފްރީތު މިއައިނު ވަހީއެއް އައިތޯބެލުމަށް 12އިން ފެށިގެ 5ޖެހުމާހަމަޔަށް އިންބޮކްސް ރިފްރެޝްކޮށްކޮށް އިންނަކަމުގައިވެއެވެ.
އަދިވެސް މިބަޔާނުގައިވާގޮތުގައި މަންސޫޚުކުރެވުނު ރަސޫލު އެޓޯލް ސާރ ކިޑްގެ ބަހެއް މިބަޔާން ނެރުމާއި ހަމަޔަށް އުޅެއުޅެލިބޭނެ ފަދައެއް ނުވިކަމުގައެވެ. (ފޮޓޯގައި އެވަނީ ހަމަ އެފަދަ ގަޑިއެއްގައި ހަމަ އެގޮތުގައި ހުއްޓާ ނެގުނު އެފަދަފޮޓޯއެކެވެ.)
1 comment:
kihaa bodu kameh mee dhen. Dhogu vaahaka thah fethuri as mee dhen than kolheh bodu varu. bunana tha rangalhu vaahaka eh. Ali e ee enme furathama dhuvahun feshigen ves alanaasism aa dhekolhah massah kah kurevvi heevaagi beyfulheh. Ey naa noolhuvvaa ingey kaley menna baivaakah. Goru han'daa
Post a Comment