އުރެދުނު މީހުންގެ ވާހަކަ

ހަމަކަށަވަރުން ކޮންމެ ޤަބީލާއެއެގެ ތެރެގައިވެސް ގެއްލި ހަލާކުވެގެންވާމީހުންތަކެއްވެއެވެ. މީގެތެއިން އެއްބަޔަކު އަނެއްބަޔަކަށް ބުނާނެތެވެ. ކަލޭމެން ތިބީ އެއްވެސް ގޮތެއްގެ މަތީގައެއްނޫނެވެ. އެއިރު މިއަލަނާސީންގެ ތެރޭގައި ލޭބޯ އީޑީސް މަދިރިއެއްފަދަ ވިހަގަދަ ވައިރަސް ފަތުރާ ދެބޯގެރި ޖަރާސީމުތަކެއްފާޅުވާނެތެވެ. މި ގެރިތައް ސެޓަލައިޓް މެދުވެރިކޮށް ޖަރާސީމު އެކި ގުނަވަންތަކަށް އެކިވަރުވަރަށް ފަތުރާ ހަދާ އުޅޭނުއެވެ.
އަދި އަލަނާސީންގެ ތެރޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ފެތުރުނު ހިނދެއްވިއެވެ. އެހިނދު އުފަލާއެކީގައި އެއް އަލަނާސި އަކަށް އަނެއް އަނެއް އަލަނާސި އަކަށް ވާގިވެތިވެ އުޅޭނޫއެވެ. މިކަން ވެގެންދާހުށީ މިއީޑީސް މަދިރިތަކަށްވާ ކަރުކެހުމެއް ކަމުގައެވެ. އާދޭހެވެ. މިކަމުގެ ހިތާމާގައި ގިސްލަގިސްލާ އުޅުނު އީޑީސް މަދިރިއަކަށް އަލަނާސިކަލާންގެ ވާގިވެރިކަމާއެކީގައި މޭވާއަޅައި، ދޮންވެ ފައްކާވެފައިވާ އަލަނާސި ބަގީޗާތަކެއް ދެއްކޭ ހުއްޓެވެ. އެހިނދު މިއީޑީސްމަދިރި އެއުރެންގެ ހާލު ކަރުކެހުން ހަނދާންނެތި، ބަގީޗާތެރޭގައި ވިއްސި ވިހާލިވެ މަގު އޮޅިދެއެވެ.
އެހިނދު، އެމަދިރިތަކާ ދިމާލަށް އިނގިލި ތަކުގެ ކޮޅު ލެނބިގެންދާހުއްޓެވެ. އެއްއަލަނާސި އަކު އަނެއް އަލަނާސިއަކާދިމާލަށް ބުނާނެތެވެ. އެބައިމީހުންގެ ތެރޭގައިވަނީ 2 އަލަނާސިއެވެ. އަދި ދެބޯގެރިއާކާއި އެކީ މުޅި އެކު ތިންއަލަނާސިއެވެ. އަނެއްބަޔަކު ދަންނަވާނެތެވެ. އެމީހުންގެ ތެރޭގައި ބައިއަތުހިފިފައިވާ ޖަމަޢާތްތަކެއް ވެއެވެ. އެހެންނަމަވެސް ދަންނާށެވެ. އެނގޭހުށީ ކާކަށް ހެއްޔެވެ. އެނގުނަސް ނޭނގުސް ތިންދެގުނަން ބާރައޭ ބުނާ މީހުންފަދައިން މިއެންމެން ވާހުށީ ގުނަކުރާ ނަވަތަ ދަސްނުކުރާ އަލަނާސީން ކަމުގައެވެ.
ހަނދާންކުރާށެވެ. ހެއްލުމަކީ ގެއްލުމެކެވެ. ހެއްލުމާއި ގެއްލުމުގެ ތަފާތު އެނގޭހުށީ ހެއްލުމަށް ފަހުގައެވެ. ދެންފަހެ އެމަދިރިތަށް ބުނާނެއެވެ. ގެއްލުމެއްގެ ތެރޭގައިވަނީ އެނުކުޅެދުންތެރި އަލަނާސިތަކެވެ. ފަހެ އޭގެތެރޭގައި ޑރ. ޕައިތަގަރަށް ހުއްޓަސް ވަރިހަމައެވެ. ހަމަހިލާ އެނގޭހުށީ ކާކަށް ހެއްޔެވެ. އެނގުނަސް ނޭނގުނަސް އެހިނދު މިސުރުވަލުން އަޑެއް އިވޭނެތެވެ. މިއާ އެކީ ގެރީގެ ނިގޫފަދައިން މިއީޑީސް މަދިރިތަށް ލެނބިގެން ދާހުއްޓެވެ. އެއާއި އެކު ހެލައު އަކީ ޣައްދާރެކޭ، ޕްރިންސަކީ ޖައްބާރެކޭ ބުނެ ބައިބަޔަށް ބެހި އެކަކު އަނެކަކަށް ލާނެއް ގޮވާނެއޫއެވެ. ހުރިހަލާކެއްގެ ބޮޑުކަމާއެވެ! މިއުރެން އެންމެން ވާހުށީ ޤުރުބާންތަކެއް ޤަބޫލުވުމެއް ނެތް، ނުކިޔަމަންތެރި، އަބަދުގެ އަބަދަށް މަގުފުރެދިގެންވާ ނިކަމެތި އަލަނާސިތަކެއް ކަމުގައެވެ. އ.ޙ
2 comments:
fahe alanaasinge therein gelli halaakuvegen dhiya bayakah huri hithaama egge bodu kamaa eve. fahe ebaimeehunnah nuvisneny eve. dhen fahe mibai meehunge haalakee kobai kamaamedhu pope ali ge bahakee kobaitho eve?
fahey alanaaseenaa behen ulhefi meehegge vaahaka dhekkumeh netheve
emeehakyy gellumaai halaakun furigen vaa meehekeve...
Post a Comment