Monday, May 7, 2007

ދެފައްލާމް2: ގަޒިއްޔާނަމްބަރު4

އަލަނާސިސްތާނުގައި މީހުންގެ ހިތްތަކަށް ނަފްސާނީގޮތުން ބިރުވެރިކަންވައްދައި އާންމުބަލާއާއި އިޖްތިމާއީ ފަސާދަ އާއްމުރުމަށް 27 އޭޕްރީލް 2007 އިންފެށިގެން ފެކްޓުއަލަނާސިނަމުގައި ވަކަރުގޭމަގުން ހިންގާ ހަރަކާތްތަކުގެ މައްޗަށް ދައުވާކުރުމަށް ޕޯޕް ލޫލާ(އަލީގެ) ހައިކަލް ސުންމާރީގެއާގެ އިން ދަޢުވާ ކުރަންނިންމައިފިއެވެ.

ޕޯޕްލޫލާގެ ހައިކަލް ސުންމާރީގެއާގެއިން ބަޔާން ކޮށްފައިވާ ގޮތުގައި މިމައްސަލައިގާ ދަޢުވާ ކުރަން ނިންމާފައި ވަނީ 5 މީހެއްގެ މައްޗަށެވެ. މިމީހުންގެ މައްޗަށް ދަޢުވާ ކުރަން ނިންމީ، "އެބުލޮގަކީ ޣައިރު ޤާނޫނީ ކަމަށާއި، މިނަމުގައި ބުލޮގެއް ހިމްގުމަކީ މަނާކަމެއްކަމަށާއި އަދި މި ބުލޮގުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާނެކަމަށް 2007 ނޫސްބަޔާން ނަމްބަރު ބަނޑޮފެޑިހާ 3ގައި ވަނިކޮށް، މިބުލޮގު އަޕްޑޭޓްކުރުމުގެ އިތުރަށް މިހަރަކާތްތަކުގެ ތެރެއަށް އެންޓިއަލަނާސި އެކްޓިވިސްޓުންތަކެއްލައި އަލަނާސީންތަކަށް ޚިލާފު އުފެދޭގޮތަށް ވަކި ބަޔަކު ނޭނގޭ ގޮތަށް ތޯރާބޯރާ ސަރަހައްދުގައި ފިލާންތިބެ އަލަނާސިސްތާނުގައި މިކަމާގުޅޭގޮތުން ބައިބައިވުން އުފައްދައި ހެލައު އަދި ޕުރޮފެސާރ ލަބީބުގެ މޫރަތްތެރި ކަމަށް ކުރަފި އެރުވީތީކަމަށް" ސުންމާރީގެއާގޭ މެދޮއަތީގައި ނެރެފައިވާ ބަޔާނުގައި ވެއވެ. ދައުވާކުރަން ނިންމި މީހުންނަކީ ވަކަރުގޭ ދުއްލިސާތަށް ކަމުގައިވާ މުއްލު އާއި އޭނާގެ އެއްބަނޑު އެއްބަފާ އަޚް ކުރުވަޅި ހަސަން ޝީތު އަލަނާސިސްތާން، ގުލްހަޖާރުގެ، ޑރ. ޕައިތަގަރަސް، އަލަނާސިއާބާދު، 3ދަފްތަރު ކަރަންޓު އަލިބޭބޭގެ، ޝަހުރުލްއަމީން ޖައުފަރު، އަލަނާސިޕޫރު ދޮންމަރިއާގެ ކުރިމަތީ އާދަންކޮވަގެ އަދި ވާޖިންމޭރީ ، އަލަނާސިއާދޫ،ހިތްހަލާކުގެ މައްޗަށެވެ. މީގެ ތެރެއިން ވާޖިންމޭރީ އަކީ ހާޓްޕޭޝަންޓެއްކަމުން ޕޯޕްގެ ހައިކަލްގެ ޤަރާރު ނަމްބަރު ސާދަސާޅީސް އެކަކުން މީނާއަށް ކުރާ ދައުވާއިން ބާރީއަކުރުމުގެ ބާރު ހާކިމާއަށް (މިއީ 18އަހަރުނުވާ ކުޑަކުއްޖެއްކަމުން ޕޯޕްގެ ހައިކަލުން ނަންހާމައެއްނުކުރޭ) ފޯންކޯލްގެ ޒަރިއްޔާއިން ލިބިދީފައިވެއެވެ.


މިފަސްމީހުނގެ ތެރެއިން 3މީހެއްގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ ޤާނުނުލް އަލަނާސި 76ގެ ޣައރު ގާނޫނީ ބުލޮގު ހިންގުމާއި ޣައިރު ގާނޫނީބަހުރުވައިން މަކަރުހެދުމުގެ އިތުރަށް އަލަނާސި ޢިޚްލާސްތެރިންގެ އަބުރު ކިލަނބުކުރުމުގެ ދައުވާއެވެ. އަނެއް 2މީހުންނަށް ކުރެވޭ ދައުވާއަކީ މިކަމާއި ގުޅިގެން އުފެދުނު ޚިލާފުތަކުގައި މިމީހުނގެ ނަންތަށް ތަކުރާކުކޮށް ކިޔުނުކަމަށްޓަކައި ޤާނޫނުލް އަލަނާސި ތިންދެގުނަން ބާރައިގެ ދަށުން ކުރެވޭ ދައުވާއެކެވެ.


ވަކަރުގޭ ކުދިންގެ މިއަމަލުތަކާއި އަލަނާސިސްތާނުގެ އިލްމުވެރިންގެ މަޖިލީހުގައި ކުރެވުނު ބަހުސްތަކާއި ރިއާޔަތްކުރެވުނު މައުސޫމް ހުލްގުތަކެއްގެ މައްސަލާގައި އަލަނާސިސްތާނަށް ވަރުގަދަ ޒަލްޒަލާއެއް އައިސްދާނޭ ކަމުގޚަބަރު ހިޒްހޮލިނެސް ޕޯޕްލޫލާއަށް އައި ވަހީގެ މެއިލަކަށް ރިއާޔަތްކޮށް، މައުލާނާ ފޮތޯގޮބެއަގެ އަބޫބަކުވަނީ މުޅިއަލަނާސިސްތާނުގައި ހިނގައި މިކަން އިއުލާންކޮށްފައެވެ. އަދި މިކުއްލިހާލަތުގެ މުއްދަތަކީ ރެއިންފެށިގެ 3ދުވަހެވެ.

4 comments:

Anonymous said...

fact alanaasi aai ehenihen anti-alannaism ge harakaaiy thah hingaa meehunnaamedhu furihama shareeatheh beynun kamah alhugandu dheken. adhi mi blog thah hingaa meehunge mi amalu vaguthun vaguthah huttaalumavves govaalan. fahareggaives mikahala kanthah hingai alanaasi mujuthamauge ebbaivanthakamaai ebbaehvanthakan nagaalan noolhumah govaalan.

Mr.Blogged said...

alhugadu mihaaru beynun vany fact alanaasi aai alanaasi adhi alanaasi observersge is beybeyfulhunnaa eku vah meyxuge baddhaluvumeh baavai ufedhifai mivaa massalathakah hallaeh hoadhan..

Anonymous said...

bayaku molhu vaahaka thakeh dhekkiyas alhu gandu mee ekan gabool kuraaa meeheh noon..

Anonymous said...

އިސްތިއުފާ