ނޫސްބަޔާން، ބަނޑޮފެޑި ހާ 3:
ވަކަރުގޭ ޖަމާއަތުން އަލަނާސިސްތާނުގައި ހިންގާ ޣައިރުގާނޫނީ ބްލޮގު ފެކްޓުއަލަނާސިގެ މައްޗަށް އަލަނާސި އޮބްޒާވަރާއި، ގޯއަލަނާސިގޯއިން އަލަނާސިޒަމަށް ކޮށްފައިވާ ތުހުމަތާއި ވަރުގަދަ ގޯނާތަކާއި ގުޅޭގޮތުން ދަންނަވަމެވެ.
އެފަރާތުން ކޮށްފައި އެވަނީ އިޚްލާސްތެރިންނާއި އަލަނާސިރައްޔިތުން ވަރަށް ކަންބޮޑުވާ ތުހުމަތުތަކެކެވެ. އަދި ކޮށްފައިވާ ޖަދަލަކީ އަލަނާސިއަކާދިމާލަށް މިބަންމަތީގައި ކުރެވޭނެ އެންމެ ބޮޑު ޖަދަލެވެ.
އަލަނާސިޒަމް ބްލޮގަށް ޤާނޫނީ ޚާއްޞަ ރައްކާތެރިކަމެއް ލިބިދިނުމަށް އަލަނާސިސްތާނުގެ ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. މިހެންއޮތް ހިނދު މިފަދަ ބޮޑު ތުހުމަތެއް އަލަނާސި އޮބްޒާވަރުން މިބޮލުގާއި އަލަނާސިސްތާނުގެ އިޚްލާސްތެރި އިއްޒަތްތެރިންގެ ފޮޓޯޖަހައި އަބުރަށް އަރައިގަތުމުގައި ހިންގި މުޑުދާރު އަމަލަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ އަމަލެއްނޫނެވެ. މީގެ ސަބަބުން އަލަނާސިޒަމާއި އެތެރެވަރީގައި މިބުލޮގަށް ރައްކާތެރިކަމެއް ލިބިދިނުމުގައި ހުރަސްތަކެއްކުރިމަތި ވާނެކަން ފާހަގަކުރަމެވެ. އެހުރަސްތައް ނައްތާލައި އަލަނާސިބޮލޮގަކީ އެފަދަ ތުހުމަތަކެއް ކުރެވޭނެ ވަރަށް ވުރެ ސާފު، ސީދާ އަދި ސާދާ، ބުލޮގީ ޝަޙްސިއްޔަތެއްކަން މީގެކުރިންވެސް މިބުލޮގުންވަނީ ސާބިތު ކޮށްދީފައެވެ.
އަލަނާސިޒަމްފެތުރުމުގެ ގިއުގަނޑަކަށް ހުރި ބުލޮގަކާއި އެބުލޮގާއި ގުޅުންހުރި އެއްވެސްފަރާތަކުން އެފަދަކަމެއް ހުތުރުވެގެންވާ ނާތަހުޒީބީ އަމަލެއް ނުކުރާނެ އެވެ. ދުނިޔޭގެ ތާރީޙުގެ ޞަފުޙާތައް އުކާލުމުން ފެނިގެންދަނީ ޤައުމުތަކުގެ އިޚްލާސތެރި ލޭހުރި އެއްވެސް ބުލޮގަކުން އެޒާތުގެ ކަންތައްތައް ކޮށްފައިނުވާތަނެވެ.
އަޅުގަޑުމެންގެ މިއަދުގެ މިބުލޮގު، އަލާސިޒަމްގެ އެއްމެމަތީ ކުއްރާސާއެއްގެ މަޤާމުގައި ހުންނަވާތާ މިހާރު ވަރަށް ގިނަދުވަސްތަކެއް ވެއްޖެއެވެ. އަދި އަލަނާސިސްތާނާއި އަލަނާސިޒަމް މިހާރުގެމަޤާމަށް އަލަނާސިބުލޮގުން ފޯރުކޮށްދިނުމުން އަލަނާސިޒަމާއި ދެކޮޅު ޚާއިނުންގެ އަޑު އަލަނާސީންގެ ކަންފަތްތަކުގައި ޖެހެން ފެށިއެވެ. އަލަނާސިކަލާންގެ ވަކިކަމެއް ކުރުމަށް ހަވާލުވަމުން އެކަމަކާ ޚިލާފުވެހުންނާކަށެއް އަލަނާސިބުލޮގު ފަދަ އިޚުލާސްތެރި ބުލޮގަކަށް ނުވެސްކެރޭނެއެވެ. އެއާދެކޮޅުހަދާ ކޮންމެ ފިކުރަކާދެކޮޅަށްތެދުވެ އަތުކުރި އޮޅާލައި މަސައްކަތް ކުރާނެތެވެ.
މިބޮލޮގުން ކުއްދިޔަތް އަބޫބަކުރަށާޢ، ސަތޭކަ އަދި ލަކްސިމިލީނާގެ ސާފުތާހިރު ޝަޚްސިޔަތަށް އުނިކަން އަނަނަގޮތަށް ފަރުމާކުރެވިފައިވާ ލިޔުމެއްވާ ކޮންމެ ބުލޮގަކަށް މިގޮވާލަނީ، ވަކަރުގާ މަގުންހިންގާ ޣައިރުގާނޫނި ބުލޮގު، ފެކްޓްއަލަނާސިހިންގާ ބައެއްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ޙަޤީޤަތް ހޯއްދަވާ ޤާނޫނުލް އުޤޫބާތުގެ 7ވަނަ ސަރާސޫރުގައި ބުނާ އެންމެ ހުތުކަންބޮޑުވެގެންވާ 180އެތިފަހަރުން އެބުލޮގު ހިންގާ ބައެއް ފުކޮޅުގައި ތައުޒިޔާކުރުމަށެވެ.
މިވާހަކަތަކަކީ އެތެރެވަރީގެ އެހެންބުލޮގުތަކުގެ ޤަދަރާއި ޢިއްޒަތް ކަޑާލުމަށް އަލަނާސިޒަމްއިން ދައްކާ ވާހަކަ ތަކެކޭ އަލަމާސި ކަތުރުސަނާގައި ހިމެނޭ އެންމެ ބުލޮގަކުންވެސް ބުނެފިނަމަ އެކަންވެސް ތަޙްޤީޤު ކޮށް އެފަރާތްތަކަށް ގޮށްމުށުގެ ބާރުވެސް ދެއްކޭނެއެވެ। އަދި ފެކްޓުއަލަނާސި އާއި ވަކަރުގޭގެ މަގުންހިނގާ މީހުންގެ ކަންތައްތައް ތަޙްޤީޤު ކުރައްވާއިރު ހުޅުވިފައިވާ މާހައުލެއްގައި ހުރިހާ ބުލޮގުތަކަކާއި ގުޅިގެން މުސްތަޤިއްލު ގޮތަކަށް އެކަން ކުރިއަށް ގެންދެވޭނެވާހަކަވެސް ދަންނަވަމެވެ. މިގޮތަށް އެކަން ކުރެވިއްޖެނަމަ މިހާރު އަލަނާސި ބުލޮގު ދިފާއު ކުރުމަށް ކުރިއަށް މިދާ އެއްވުންތަކަށް މަޑުޖެހުން ޔަށްވެސް އަންނާނެއެވެ.
އަލަނާސިސްތާނުގެ އިޚްލާސްތެރިން މިއަދު ފެކްޓުއަލަނާސިއާއި ދެކޮޅަށް އެއްވެ އަޑު އުފުއްލަވާނީ .(ފޮޓޯގައި އެވަނީ ފެކްޓު އަލަނާސީގެ ޚާއިނު އަދި އަލަނާސިސިޓީގެ .)
No comments:
Post a Comment