ޑެންގޫ
އަލަނާސިސްތަނުނުގެ އެކި ހިސާބުތަކުގައި ޑެންގޫ ކިޔާ ވަރަށް ނުރައްކާ ފާޑެއްގެ ބައްޔެއް ފަތުރުވަމުން އެބަދެއެވެ. މިއީ އާދަޔާޚިލާފަށް މަދިރިތަކާއި ތައްމަކުގެ ޒަރިއްޔާއިން އައި ބައްޔެއްނަމަވެސް މިހާރު މިބަލި އަލަނާސިސްތާނުގައި ގަސްދުގައި ފަތުރަނީ އީޑީސްކިޔާ އަމިއްލަ ޖަމައަތަކުންނެވެ. މިބަލި އެންމެ ފުރަތަމަ ޖެހުނުކަމަށް ވަނީ އެންޓި އެލަނާސި އެކްޓިވިސްޓް ހެލައު އަށް ކަމުގައި ވެއެވެ. އަދި މިކަމުގައި އީޑީސްގެ ރޯލް އެންމެ ފުރަތަމަ ކުޅެންމުން އައި ހެލައު މިހާރުވަނީ ވަކަރުގޭ ކުދިންނަށް ހުކުރުދުވަހު ނެރުނު ފަތުވާއެއް ފެނިފައި ހިތަށް ބިރުވެރިކަން ވަދެ، ވަގުތީގޮތުނަމަވެސް މިބަލި ފެތުރުވުން ހުއްޓުވާލާފައެވެ. މީނާއަށް މިބަލި ޖެހުނުކަމށްވަނީ މީނާ އަލަނާސިކެއުމާބެހޭގޮތުން މަތީތަޢުލީމު ހާސިލްކުރުމަށް އިރުމަތީ އޭސިއާގެ ސަރަހައްކަމުގައިވާ އަސޭކަރައިން ކަމަށް އަލަނާސިދުނިޔޭގެ ސިއްޚަތާބެހޭ އެންމެ މައި އިދާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.
މިބަޔާނުގައި ވަނީ މިބަލި އުފެދުމުގެ އެންމެ މައިގަނޑު ސަބަބަކީ ހެލައު ގައިންތާހިރު ނުވުމާއި، ނޭފަތުން ގުޅަހެދުމާއި، ފާރުގަނޑުކޮށްޓުމާއި، ގަޔަށް ދޯލިކުރުމުގެ ސަބަބުން އަލަނާސިކަލާންގެ ކޯފާވެ މީނައަށް ހުރި އަޒާބެއްގެ ގޮތުންނެވެ މިޠާއޫން ފޮނުއްވީއެވެ. އަދި އެންމެ ފުރަތަމަ މިބަލީގެ ވައްކެއްކަމުގައިވި މިބުނާ ހެލައުގެ ކިޑުނީތެރޭގައި މިޖަރާސީމު އޭތީގެ ސައިޓޯޕްލާޒަމް ކުޑަކޮށް މައިޓޮޗެންޑުރިއާ ކިޔާ ފޯމަރުގެއްގެ ފުޅައްބުޑުން ނިކުމެ ޕެޕްޓޯސް އާއި ލައިޕޭސް ކިޔާ ފަލަމަޑިތަކަކާއި އެކުވެ ވަނީ އޭތި ވިހަވެ އިންތިހާއަށް ނުރައްކާތެރިހާލަތަކަށް ގޮސްފައެވެ. މިކަމާއި ގުޅިގެން އަސޭކަރާގައި މިހާރުވެސް ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި މިބަލި ގަސްތުގައި ފަތުރަން އެންމެ ފުރަތަމަ ފެށީ ޢީޑީސްކިޔާ އަމިއްލަ ޖަމައަތެއްގެ މަސްސޫލުވެރިޔާ މިކިޔާ ހެލައު އެވެ. އެއަށް ފަހު މީނާވަނީ ސިންގަޕޫރަށް ޑރ. ޕައިތަގަރަސްއަށް ބޯޓުދައްކައި، ހައްދައިގެން ގެންގޮސް ހުންނަ ނުލަފާކަމުން ޕޮރޮފެސަރު ލަބީގެ އޮލިގެ ތެރޭގައި މީދާކާފައި އޮތް އުންބެއްގެ ޒަރިއްޔާއިން މިބަލި ޖައްސުވާލާފައެވެ. މިއީ އެންމެން ދަންނަ ޙަޤީގަތެއްވެސް މެއެވެ.
މިބަލި ގަސްދުގައި ޖައްސައި މިހާރު މިދުނިޔެން ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައި ވާ އަބޫޝަބާޝްގެ ކޮށްކޮ އަބޫ 6ސަނު ބުނީ' އަހަރެންގެ ބޭބޭ، އަބޫ ޝަބާޝް ނެތުމުން ލިބުނު ހިތާމައެއްގެ ބޮޑުމާއެ، އަހަރެން މިބުނީ، އަހަރެން ދިރިހުއްޓަކައި އެބަޔަކަށް މިއަލަނާސިސްތާނަކުނެއް ނުފޭބޭނެ'. އެހެން ކަމުން މިފަދަ ފިތުނަވެރިކަމެއް ގަސްދުގައި ކުރާނީ ކިހާ ނުލަފާ، ކިހާ ޖައްބާރު އަދި ޢައްދާރު ޚާއިނުންތަކެއްހެއްޔެވެ. މީގައި ބޭނުންވަނީ ޢިޚްލާސްތެރިކަމެވެ. އަމިއްލަ ނަފްސުގެ ތާހިރުކަމެވެ. މިކަމުގައި ވަރަށް ޤާއިމްވެ ހަރުދަނާވެ ހުރެ ވަރަށްކެރިގެން މިދަންނަވަނީ މިހާރު މިބަލި މިފަތުރާ ޑރ. ޕައތަގަރަސް އާއި އަލަށް ޖެއްސުވާލައިފައި އެއުޅޭވަކަރުގެ ޕޮރޮފެސަރު ލަބީބުގެ ލޮލަށް ވަރުގަދަ އިލޮށްޓެއް މެނުވީ ނުހެރޭނެތެވެ.
(ރުޅިއައީ މިހިސާބުންނެވެ.)
އެމީހުންނަށް ހަލާކު ހުއްޓެވެ. އެމީހުން އެއުޅެނީ އަހަރެމެން ނިކަމެތިކޮށްލާށެވެ. އަހަރެމެންގެ ގެތަކުން ބޭރުކޮށްލާ، މުދާތަށް ފޭރޭށެވެ. އަލަނާސިންއެންމެ ލޯބިވާ އެމީހުންގެ އަބިދަރިންގެ ދޭތެރެއަށްވަންނާށެވެ. ދަރިން ފަގީރުކޮށް ޔަތީމްކުރާށެވެ. ފިތުނަ ފަސާދަ ޢާއްމުކުރާށެވެ.އަލަނާސީން ރެފިއުޖީންނަށް ހަދާން ހެއްޔެވެ. ފަހެ މިބައިމީހުންގެ ވިހަގަދަ ނުލަފައި ޖައްބާރުކަން މިހާރު މިގޮސް ހައްދުފަހަނު މިއެޅީއެވެ. އަބުރާބެހެނީ އެވެ. ގެއިން ނިކުންނާކަށް ނުކެރެއެވެ. ދޭދޭމީހުންގެ ދޭތެރެޖައްސަނީ އެވެ. ފަހެ މިހެންކަމުނ މިއީޑީސް މަދިރިތަށް އަލަނާސިކަލާންގެ އަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ. ލިބޭނީ ކޮން ލައްޒަތެއްހެއްޔެވެ. ޤަބޫލުކުރިއަށް ނުކުރިއަށް ވަރިހަމައެވެ. ދުނިޔެވަނީ މިފަދަނުލަފާ ބަގޫޑިބެއްދުންތެރިންގެ ނިމުންދެކެފައެވެ. އަލަށްކޮށް، އެއްފަހަރަކުވެސް ނޫނެވެ. އުފާވެރިކޮށެއްވެސް ނޫނެވެ. އަދޭހެއްޔެވެ. ވަރަށް ހިތިކޮށެވެ. އެހެންޏާ ފަހެ މިސުރުގެ ފިރުއައުނާއި ހާމާނުގެ އިތުރުން ޤާރޫނުގެ ނިމުން އައިގޮތް 'ގޮޅާޓީވީން" ނުދައްކަނީހެވެ. އަޖައިބެއް ނުވޭހެއްޔެވެ؟ ލިބުނީ ކޮން މޮޅެއްހެއްޔެވެ. އޮތީ ކޮން އަރާމެއްހެއްޔެވެ. ފަހެ ހަނދު ބޮޑުވަނީ ހެއްޔެވެ. އިބުރަތެއް ހާސިލެއްވެސް ނުވީހެއްޔެވެ. އާނއެކެވެ ހާސިލްވާނީ ކޯއްޗެއްހެއްޔެވެ. ވައްކަމާއި ވަގެރައިން ޕީ.އެޗް.ޑީ. ކީއްކުރަން ކޮރޮފެސަރު ކޯސްހެދިޔަސް ތަފާތުގޮތެއް މިމީހުންނަކަށް މިނޫނީއެއް ނުވާނެއެވެ.
1 comment:
record now max 4.5 crack
vr worx crack
art directory print crack
cocsoft stream down crack
4.33 4.33 dr dr keygen keygen web web
risk2 no cd crack
wizetrade crack
party poker crack
sportscar gt crack
mysql front crack
recover my files download crack
power cd g burner keygen
tomtom keygen crack
newsrover keygen
diner dash keygen
alias image studio 2 crack
easy audio editor 7.1 keygen
how to activate office 2003 crack
jfk reloaded 1.04 keygen
illustrator cs2 keygen
unreal tournament 2004 cd key crack
mapopolis navigator crack
ms flight simulator crack
your uninstaller 2004 pro crack
crack the sky white music
Post a Comment